Monday, October 12
ހއ. ދިއްދޫގައި ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓު މިނިސްޓަރު ރާފިޢު ހުޅުވައިދެއްވައިފި

ހއ. ދިއްދޫގައި ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓު، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢު ހުޅުވައިދެއްވައިފިއެވެ.

މި ކޯޓު ހުޅުވައިދެއްވީ، ދިއްދޫގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ކޯޓު ތަރައްޤީކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެންނެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީންގެ އިތުރުން ރަށުގެ ކައުންސިލާއި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

ކޯޓު ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ރާފިޢު ވިދާޅުވީ، މި ވޮލީ ކޯޓާއެކު ކުރެވޭ އެންމެ ބޮޑު އުންމީދަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް ދިއްދޫއިން އުފެދިގެން ދިއުން ކަމަށެވެ. އަދި ރަށުގެ ކުދިބޮޑު އެންމެން ވެސް މި ވަސީލަތުގެ ބޭނުން ޒިންމާދާރުކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ކުޅިވަރަކީ މުޖުތަމަޢުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދީ، އަޚްލާޤާއި ސުލޫކު ރަނގަޅުކޮށްދޭ ވަސީލަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ބަދަހިކުރުމަށް އެޅޭ މުހިންމު ބާރެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރަސްމިއްޔާތަށްފަހު، އައު ކޯޓުގައި އެކުވެރިކަމުގެ ވޮލީބޯޅަ މެޗެއްވެސް ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާރު 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު