Saturday, October 10
ޓޫރިޒަމް ދާއިރާއިން ޒުވާނުންނަށް އެޕްރެންޓިސްޝިޕް ފުރުސަތުތައް ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް އެޕްރެންޓިސްޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނާއި ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢެވެ. މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ހިންގާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް މުހިންމު ފުރުސަތުތަކެއް ހޯދައިދީ، އެ ދާއިރާގެ ވަޒީފާތަކަށް ދިވެހި ޒުވާނުން ނެރުމެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒުވާނުން މަސައްކަތަށް އަހުލުވެރިކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މުހިންމު ތަސައްވުރެކެވެ.

ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މި ފުރުސަތުތައް ހުޅުވާލާނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުންނެވެ. މިއީ މަސައްކަތުގެ މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން ތަމްރީނާއި ތަޖުރިބާ ހޯދުމަށް ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު