Friday, October 9
މުދަލަކީ الله ގެ އަމާނާތެއް، ހޭދަކުރަންވާނީ ހަލާލު މަގުގައި: ޚުތުބާ

މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ އިންސާނާއަށް ލިބިފައިވާ މުދަލާއި މުއްސަނދިކަމަކީ الله ދެއްވާފައިވާ އަމާނާތެއްކަމާއި، އެ މުދާ ހޭދަކުރުމުގައި އިސްލާމްދީން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ މައްޗަށެވެ.

މުދަލަކީ الله ދެއްވާފައިވާ އަމާނާތެކެވެ. އަހަރެމެންގެ އަތްމަތީގައިވާ މުދަލަކީ ވަގުތީ ގޮތުން އިމްތިޙާނަކަށް ދެއްވާފައިވާ އަމާނާތެކެވެ. މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ލިބިފައިވާ އެއްޗެއް ނޫންކަމާއި، ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާމެދު ސުވާލުކުރެވޭނެވެ.  މާތް الله ވަޙީކުރައްވައިފައިވެއެވެ.

﴿لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ﴾ މާނައީ: "އުޑުތަކާއި ބިމުގައިވާ އެންމެހައި ތަކެއްޗެއް މިލްކުވެގެންވަނީ الله އަށެވެ." ސޫރަތުލް ބަޤަރާ: 284

ޙަރާމް މަގުން މުދާ ހޯދުމާއި، ދައުލަތުގެ މުދަލާއި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވުމަކީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ. އަދި އިސްރާފުކުރުމާއި، ބޭނުމެއް ނެތް ގޮތުގައި މުދާ ހަލާކުކޮށްލުމަކީ ނަހީކުރައްވާފައިވާ ކަމެކެވެ.

މުދަލުން އެންމެ ފުރަތަމަ އަދި އެންމެ އިސްކަންދީގެން ހޭދަކުރަންޖެހެނީ އަމިއްލަ އަނބިދަރިންނާއި، މައިންބަފައިންނާއި، ތިމާ ބަލަހައްޓަންޖެހޭ އަހުލުވެރިންގެ މައްޗަށެވެ. މިއީ އިޖުތިމާއީ ޒިންމާއަކަށްވުރެ ބޮޑަށް މަތިވެރި ދީނީ ވާޖިބެކެވެ. މީގެ އިތުރުން ފަރުޟު ޒަކާތް އަދާކުރުމާއި، ނިކަމެތިންނާއި ފަގީރުންނަށް އެހީތެރިވުމަށް ޚުތުބާގައި އިލްތިމާސްކުރިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު