ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާތީ، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ. އެ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަކުރާނީ މެދުރާއްޖެތެރޭގެ ސަރަޙައްދުތަކަށެވެ.
ވިއްސާރަކުރި ނަމަވެސް، މި މުއްދަތުގެ ތެރޭގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.






