އަންނަ ޑިސެންބަރު މަހުގެ ސްކޫލު ބަންދާ ދިމާކޮށް، ދިވެހިންގެ މެދުގައި މަޤްބޫލު މަންޒިލެއް ކަމަށްވާ ތައިލެންޑުގެ ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ކުރުމަށް މޯލްޑިވިއަން އިން ނިންމައިފިއެވެ.
އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ކުރިއަށް އޮތް ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވާ މި ދަތުރުތައް ކުރިއަށްދާނީ ޑިސެންބަރު 8 އިން ފެށިގެން ޖެނުއަރީ 19 ގެ ނިޔަލަށެވެ. އެގޮތުން ކޮންމެ އަންގާރަ ދުވަހަކު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތާވަލާ އެއްގޮތަށް ދަތުރުތައް ބާއްވާނެ ތާރީޚުތަކަކީ:
- ޑިސެމްބަރު މަހު: 8، 15، 22 އަދި 29
- ޖެނުއަރީ މަހު: 5، 12 އަދި 19
މި ދަތުރުތަކުގައި ކޮންމެ ޕަސިންޖަރަކަށް 25 ކިލޯގެ ލަގެޖް އެލަވަންސެއް ލިބޭއިރު، ދެކޮޅު ދަތުރުގެ އަގުތައް ފެށެނީ 530 ޑޮލަރުންނެވެ.
ސްކޫލް ބަންދު ދުވަސްވަރު ދިވެހިން ބެންކޮކަށް ކުރާ ދަތުރުތަކުގެ ޑިމާންޑް ބޮޑުވާތީ، ދަތުރުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މޯލްޑިވިއަން އިން މީގެ ކުރިންވެސް ވަނީ މިފަދަ ޚާއްޞަ ދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައެވެ.
މި ލިޔުން ކިޔާލުމުން



