ތ. ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމުގެ މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމެއްގެ އިތުރުން މަސް ޕްރޮސެސްކުރާނެ ޚާއްޞަ ސަރަޙައްދެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮމްޕްރެސަރ ރޫމްއަކާއި ކަރަންޓު ވިއުގައާއި ބެކަޕް ޖަނަރޭޓަރާއި، އަލިފާނުން ރައްކާތެރިވުމުގެ ނިޒާމާއި، އީއެލް.ވީ ނިޒާމުތައް އެޅުމާއެކު، އިމާރާތުގެ ބޭރުގެ އެންމެހައި މަސައްކަތްތައްކޮށް ސައިޓް އެއްކޮށް ތަރައްޤީކުރުން ހިމެނެއެވެ.
މި މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 'ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓިވް މޮޑެލް' ގެ ދަށުންނެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކޯލްޑް ސްޓޯރޭޖުގެ ސަބަބުން މަސް އުކާލަން ނުޖެހި ތާޒާކަންމަތީ ރައްކާކުރެވި، މަސް ކައްކައި ހިއްކާ ފަރާތްތަކަށް މެދުކެނޑުމެއްނެތި މަސް ލިބުމަށް މަގުފަހިވާނެ ކަމަށާއި، މި ނިޒާމުގެ ސަބަބުން ރަށުގެ އިޤްތިޞާދަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ނަފާ ފުރިހަމައަށް ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



