ކެނަބިސް ބޭނުންކޮށް އެ ތަކެތީގެ ޓްރެފިކް ކުރި މީހަކު އުމުރަށް ޖަލަށްލުމާއެކު ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކޯޓުން ހުކުމްކޮށްފައިވަނީ ގ. ސަންޑާސް، އިޝްފާގު ވަހީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލީ އޭނާ ދިރިއުޅޭ ކޮޓަރިން ގިނަ އަދަދެއްގެ ކެނަބިސްގެ އިތުރުން، މަސްތުވާތަކެތި ކިރުމަށް ބޭނުންކުރާ ކައްޓާއަކާއި އެ ތަކެތި ބަންދުކުރަން ބޭނުންކުރާ ދަޅެއް ފުލުހުންނަށް ފެނުމާ ގުޅިގެންނެވެ.
މި މައްސަލައިގައި ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވުމުން އިޝްފާގު ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގައި އޭނާ އުމުރަށް ޖަލަށްލުމާއެކު ފަސްލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ޖޫރިމަނާގެ ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން، އޭނާ ދިރިއުޅުނު ތަނުން ފެނުނު 93،000 ދިވެހި ރުފިޔާއާއި 1،690 އެމެރިކާ ޑޮލަރަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ ދައުލަތަށް ނެގުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



