މޯލްޑިވިއަނުން ރާއްޖެތެރޭގެ ދަތުރުފަތުރުގެ ވިއުގަ ވަރުގަދަކޮށް ރަށްތައް ގުޅުވާލުމަށް ކުރާ މަސައްކަތުގެ ދަށުން، މާލެ އާއި ދ. ކުޑަހުވަދޫއާ ދެމެދު ޝެޑިއުލް ދަތުރުތައް މިއަދު ވަނީ ފަށާފައެވެ. ކޮންމެ ދުވަހަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގެ ޕްރޮމޯޝަނަލް ފެއާގެ އަގުތައް ފެށެނީ 1،111 ރުފިޔާއިންނެވެ.
ކުޑަހުވަދޫއާއެކު މޯލްޑިވިއަނުން މިހާރު ރާއްޖޭގެ 18 އެއާޕޯޓަކަށް ދަތުރުތައް ކުރަމުންދާއިރު، މިއީ އެއާލައިންގެ ކުރިއެރުމަށާއި މުޅި ރާއްޖެއަށް އިތުބާރު ހުރި ވައިގެ ދަތުރުފަތުރުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މޯލްޑިވިއަނުން ހާމަކުރި ގޮތުގައި މި ދަތުރުތަކުގެ ސަބަބުން ދ. އަތޮޅުގެ ރައްޔިތުންނަށް ވަޒީފާއާއި ތައުލީމު، ސިއްހީ ހިދުމަތް އަދި ވިޔަފާރީގެ ބޭނުންތަކަށް މާލެއަށް ދަތުރުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އޭގެ އިތުރުން، މި ހިދުމަތުގެ ސަބަބުން އެ އަތޮޅުގެ ފަތުރުވެރިކަމަށާއި ވިޔަފާރިތަކަށް އިތުރު ކުރިއެރުން ލިބި، އެ ސަރަހައްދަށް ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއަދުން ފެށިގެން މޯލްޑިވިއަންގެ ވެބްސައިޓާއި، މޮބައިލް އެޕްލިކޭޝަން، ޓިކެޓިން އޮފީސްތައް އަދި ސޭލްސް އޭޖެންޓުން މެދުވެރިކޮށް މި ދަތުރުތަކުގެ ޓިކެޓް ގަންނަން ލިބޭނެއެވެ.
މި ލިޔުން ކިޔާލުމުން



