ރ. އިނގުރައިދޫއަށް އިއްޔެ ބޯކޮށް ވާރޭވެހި، އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެން ވަދެފައިވާ އިރު، އޭގެ ތެރެއިން 15 ވަރަކަށް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލާ ހަވާލާދީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނެފިއެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްރަށުގައި ފެންބޮޑުވަމުންދާއިރު، އިނގުރައިދޫގެ އިތުރުން ރ. ރަސްމާދޫ އާއި ޅ. ނައިފަރުގެ ބޮޑު ސަރަހައްދެއްގައިވެސް ވަނީ ފެންބޮޑުވެފައެވެ.
އިނގުރައިދޫގައި ގޭގެއަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ފެން ހިއްކުމުގެ މަސައްކަތް ކައުންސިލާއި، ރަށުގެ މުއައްސަސާތައް އަދި އާންމު ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްވެސް އަވަސްކަމާއެކު ދަނީ ކުރިއަށް ގޮސްފައެވެ.
މި ލިޔުން ކިޔާލުމުން



