Thursday, October 22
ފޭސް 2 ގެ ޓަވަރުތަކުގެ ދޮރުތަކުގައި ރެއިލިން ހަރުކުރަން އެޗްޑީސީއަށް އެންގުމަށް ސިޓީ ކައުންސިލުން ފާސްކޮށްފި
މާލެ ސިޓީ ކައުންސިލުގެ 15 ވަނަ ރަސްމީ އާއްމު ޖަލްސާގައި، ހުޅުމާލެ ފޭސް ދޭއްގެ ރެސިޑެންޝަލް ޓަވަރުތަކުގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކުރުމަށް ހައުސިންގ އަށް އެންގުމަށް، ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން ކައުންސިލުން މިގޮތަށް ނިންމީ، ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ފްލެޓުގެ 12 ވަނަ ފްލޯއިން ދެ އަހަރުގެ ކުއްޖަކު ވެއްޓި މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ.

މީގެ އިތުރުން، އާބާދީ އިތުރުވަމުންދާ ފޭސް ދޭއްގައި ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި، އެޗްޑީސީން ފުލުހުންނާ ގުޅިގެން ޓްރެފިކް ލައިޓްތަކުގެ ކަންކަން ބެލެހެއްޓުމަށް ހާއްސަ އުސޫލެއް ގާއިމުކުރުމުގެ މުހިންމުކަން މެންބަރު ޒަހިއްޔާ ފާހަގަކުރެއްވިއެވެ.

މޭޔަރު އާދަމް އާޒިމް ވަނީ މާލެ ސަރަހައްދުގެ މަގުމަތީގެ ރައްކާތެރިކަމާއި އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުނުވާތީ އެކަމާ ރައްޔިތުން ކަންބޮޑުވާކަން ފާހަގަކުރައްވާފައެވެ. އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިސްމާއިލް ހަލީމް ވަނީ ސިނަމާލެ ފްލެޓެއްގެ ބިއްލޫރި ދޮރެއް މަގުމައްޗަށް ވެއްޓުމާއި، ޖަމާލުއްދީން ސްކޫލު ކައިރީގެ ގެއެއްގެ ކުޑަދޮރެއް ބޭރަށް ވެއްޓުނު ހާދިސާތަކަށް އަލިއަޅުވާލައްވައި، އިމާރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު