Saturday, October 17
ތިމަރަފުށީ ފިޓްނަސް ސެންޓަރު މަރާމާތުކުރަން އާރުޑީސީއާ ހަވާލުކޮށްފި
ތ. ތިމަރަފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ވަނީ ހަވާލުކޮށްފައެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުއްﷲ ރާފިޢުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ.

މި އެއްބަސްވުމުގެ ދަށުން، އާރުޑީސީން އަމަލީ މަސައްކަތް ފަށާތާ 180 ދުވަހުގެ ތެރޭގައި ސެންޓަރުގެ މަރާމާތު މުޅިން ނިންމައި ސަރުކާރާ ހަވާލުކުރަންޖެހެއެވެ.

މި މަޝްރޫޢަކީ ރާއްޖޭގައި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކުރިއަށްދާ ކަމެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފިޓްނަސް ސެންޓަރުތަކާއި އައުޓްޑޯ ޖިމްތައް ޤާއިމުކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު