މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އިންޖިނިއަރިން، އެންފޯސްމަންޓް އަދި އެޑިއުކޭޝަންގެ ދާއިރާއިން މަސައްކަތްތަކެއް ކުރުމަށެވެ. އެގޮތުން ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކުރުމާއި، ގަވާއިދާ ހިލާފަށް ބާރަށް ދުއްވާ ފަރާތްތަކާމެދު އަވަހަށް ފިޔަވަޅު އެޅުމުގެ އިތުރުން، ސްކޫލް ސަރަހައްދުތަކާއި ރައުންޑްއެބައުޓް އަދި ކަފިހިހުރަސްތަކުގައި ޓްރެފިކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.
އޭގެ އިތުރުން، ކަފިހިހުރަސްތަކުގައި ޕެޑެސްޓްރިއަން ލައިޓް ހަރުކުރުމާއި، މަގުތަކުގެ ކަންމައްޗާއި ދުވާރުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ މުއައްސަސާއިން ޚިޔާލު ބަދަލުކުރިއެވެ. އަދި އުޅަނދު ދުއްވާ ފަރާތްތަކާއި ހިނގާ މީހުންގެ ސަމާލުކަން އިތުރުކުރުމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ގުޅިގެން ހިންގުމަށް ނިންމާފައިވާއިރު، މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގެ މަގުތަކަކީ އެންމެންނަށްވެސް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ.






