Friday, October 23
މިދިޔަ އަހަރާ އަޅާބަލާއިރު ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ ހަރަދުތައް ކުޑަވެއްޖެ

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ހަރަދުތައް ދަށަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިޒްކަލް ރިޕޯޓް" ގައިވާ ގޮތުން، މިއަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަރަދުކޮށްފައިވަނީ 123 މިލިއަން ރުފިޔާއެވެ. ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގައި އެ އޮފީހުން 126.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާތީ، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީގެ ހަރަދުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެ މިނިސްޓްރީން ހަރަދުކޮށްފައިވަނީ 193.3 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ފޮރިން މިނިސްޓްރީގެ ހަރަދު ހުރީ 248.5 މިލިއަން ރުފިޔާގައެވެ.

ދައުލަތުގެ މުހިންމު އިދާރާތަކުގެ ހަރަދުތައް މިގޮތަށް ކުޑަކުރެވިފައިވަނީ، ދައުލަތުގެ އިސްރާފު މަދުކޮށް ހަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅަމުންދާ ހާއްސަ ފިޔަވަޅުތަކުގެ ދަށުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު