Monday, October 12
ބޭންކުތަކާއި ކަސްޓަމްސްއާއި ދެމެދު ޓީޓީ ވެރިފިކޭޝަން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ- އެމްއެމްއޭ

ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާ ދެމެދު ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ވެރިފިކޭޝަން އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގައި ބޭއްވި ރަސްމިއްޔާތެއްގައި، ކަސްޓަމްސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. އަދި ބޭންކުތަކުގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުތަކުގެ އިސް ވެރިންނެވެ. މި އެއްބަސްވުމުގެ މަސައްކަތްތައް ވިލަރެސްކުރާނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިންނެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖެއަށް އިމްޕޯޓު އަދި އެކްސްޕޯޓުކުރާ މުދަލާ ގުޅިގެން ބޭންކުތައް މެދުވެރިކޮށް ހިންގާ ވިޔަފާރި މުއާމަލާތްތަކުގެ މައުލޫމާތު، ބޭންކުތަކާއި ކަސްޓަމްސްއާ ދެމެދު ބަދަލުކުރެވޭނެ ހާއްސަ ނިޒާމެއް ގާއިމުކުރެވޭނެއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ މުދާ އެތެރެކުރުމަށް ޓީޓީ މެދުވެރިކޮށް ފޮނުވާ ފައިސާއާއި، އެތެރެކުރާ މުދަލުގެ މައުލޫމާތު ސައްހަކަން ކަށަވަރުކޮށް، ވިޔަފާރިއާ ގުޅުންހުރި މާލީ މުއާމަލާތްތައް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު