Monday, October 12
ރާއްޖެއަށް 14,000 އަށްވުރެ ގިނަ ކޭސް ބިސް އެތެރެކޮށްފި،ލިބުމުގައި ދަތިކަމެއް ނެތް: އެސްޓީއޯ

ފޮޓޯ- އެމްޕީއެލް

ރާއްޖޭގައި ބިސް ލިބުން ދަތިވެ އަގު ބޮޑުވެފައިވާ ކަމަށް މީސްމީޑިއާގައި ވާހަކަތައް ފެތުރެމުންދަނިކޮށް، މި ހަފުތާގައި އެކަނިވެސް 14,000 އަށްވުރެ ގިނަ ކޭސް ބިސް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ހާމަކޮށްފިއެވެ.

އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މި މަހުގެ 22 އިން 26 އަށް މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ޓާމިނަލް މެދުވެރިކޮށް ކްލިއާ ކުރި އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ 29.3 އިންސައްތައަކީ ކުކުޅު ބިހެވެ. އެއީ ޖުމްލަ 497.523 ފްރައިޓް ޓަނު ނުވަތަ 14,790 ކޭސް ބިހެވެ.

މީސްމީޑިއާގައި ބައެއް ފިހާރަތަކުން ކޮންޓްރޯލްކޮށްގެން ބިސް ވިއްކާ ކަމަށާއި އަގު ބޮޑުވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް، އެސްޓީއޯއިން ވަނީ ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން ދީފައެވެ. އެ ކުންފުނިން ބުނި ގޮތުގައި ބިހުގެ ޝިޕްމަންޓްތައް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށާއި، ބިސް ވިއްކަމުންދަނީ އެއްވެސް ކޮންޓްރޯލެއް ނެތި ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކޮށެވެ.

ކުކުޅު ބިހަކީ ސަރުކާރުން ކަނޑައަޅާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ރަސްމީކޮށް ހިމެނޭ ބާވަތެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު