އާދިއްތަ, October 11
ސްޓޭޓް ފާމާގެ ގިނަ ވަޒީފާތަކަކަށް ކުރިމަތިލާން ހުޅުވާލައިފި

ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން އިތުރު ގިނަ ވަޒީފާތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނުގައި ވަނީ 7 ސޭލްސް އޮފިސަރުންނާއި 10 ކޯލް ސެންޓާ ރިޕްރެޒެންޓޭޓިވުން ހޯދުމަށް ހުޅުވާލާފައެވެ. މި މަގާމުތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހެވެ. މީގެ އިތުރުން ސެކިއުރިޓީ، ލޮޖިސްޓިކްސް އަދި ލޭބަރުންގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް އެތެރެކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސްޓޭޓް ފާމާ އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ކުރިން އެސްޓީއޯއިން ކުރަމުން އައި މި މަސައްކަތަށް ހާއްސަކޮށް އުފެއްދި މި ކުންފުނި ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ފެށުނީއްސުރެ އަންނަނީ ގިނަ ވަޒީފާތަކެއް އިއުލާން ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު