Tuesday, October 13
ތިލަމާލެ ބުރިޖު: މާލެއާއި ވިލިމާލެ ގުޅުވައިދޭ ފަހު ސެގްމަންޓް ގުޅާލައިފި

އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށްގެންދާ ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު އިންސްޓޯލްކޮށް، އެ ދެމެދުގައިވާ މައި އޮނިގަނޑުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މިއާއެކު ދެ ރަށުގެ ދެމެދުގައި އެއްގަމު މަގުން ގުޅުން ގާއިމުވެފައިވީ ނަމަވެސް، އާންމުންނަށް ދަތުރުފަތުރު ކުރެވޭނީ ތާރުއެޅުމާއި، ރޭލިންގްސް އަދި މަގުބައްތި ހަރުކުރުން ފަދަ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިމުމުންނެވެ.

މުޅި މަޝްރޫއުގެ 74.90 ޕަސަންޓު މަސައްކަތް ނިމިފައިވާއިރު، ބުރިޖު ޑެކަށް ބޭނުންވާ 1,222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސަންޓު ކާސްޓުކޮށް، 72.9 ޕަސަންޓު ސެގްމަންޓް ވަނީ އިންސްޓޯލްކޮށްފައެވެ. މީގެ އިތުރުން ގުޅިފަޅުގައި މަގުތައް ހެދުމާއި ތިލަފުށީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދެއެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ 6.7 ކިލޯމީޓަރުގެ މި މަޝްރޫއަކީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ކުރިއަށްދާ، ޖުމުލަ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު