Friday, October 23
ހުޅުމާލެ ހަލިމަގުގެ ސޯލާޕެނަލްތަކުގައި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ހަލިމަގުގައި ދުއްވާފައިދިޔަ އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، ސޯލާޕެނަލް ތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 08:42 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މީސްމީޑިއާގައި ދައުރު ވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި، ކާރު ކޮންޓްރޯލުން ނެއްޓި ގޮސް ސޯލާޕެނަލްތައް ހަރުކޮށްފައިވާ ހޮޅިދަނޑިތަކުގައި ޖެހި ފުރޮޅާލާފައިވާއިރު، ސޯލާޕެނަލްތަކަށާއި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޑިއުޓީއާއި ފްރެއިޓް ހިމަނައިގެން ގާތްގަނޑަކަށް 19 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި މި ލަމްބޯގިނީ ރިވެލްޓޯ މޮޑެލްގެ ކާރުގެ ބައިތައްވެސް ވަނީ ނެއްޓި މަގުމައްޗަށް ވެއްޓިފައެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި ކަމަށާއި، އެ ދެމީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު