Wednesday, October 7
ކާބޯތަކެތި ވިއްކާ ތަންތަނުގައި ހުއްދަ އޮތްތޯ ބެލުމަށް މާލޭ ސިޓީ ކައުންސިލްގެ ޚާއްޞަ އިންސްޕެކްޝަނެއް

މާލޭގައި ހިންގަމުންދާ ކާބޯތަކެތި ވިއްކާ ތަންތަނުގައި މާލެ ސިޓީ ކައުންސިލުން ދޫކުރާ "އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ" އޮތްތޯ ޗެކްކުރުމަށްޓަކައި ޚާއްޞަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ފަރާތުންނެވެ.

މިގޮތުން ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މި އިންސްޕެކްޝަން ދަށުން މާލޭގެ ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ އިތުރުން ޓޭކްއަވޭ ޕޮއިންޓްތައް ވެސް  ބަލައި ފާސްކޮށްފައިވާއިރު، މިހާތަނަށް ކާބޯތަކެތި ވިއްކާ 20 އައުޓްލެޓް ބަލައި ޗެކްކުރެވިފައިވެއެވެ.

ކައުންސިލުން ބުނީ މި އިންސްޕެކްޝަންގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގެ ހުއްދަތަކުގެ އިތުރުން، އެ ތަންތަނުގެ ދުންހޮޅިތަކުގެ މައްސަލަތަކާއި ތަނުގެ ޢާންމު ސާފުތާހިރުކަން ހުރި މިންވަރު ވެސް ޗެކްކޮށްފައިވާ ކަމަށާއި، އެ ތަންތަނުން ކުނި މެނޭޖްކުރާ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށް، ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން އިޞްލާޙު ކުރުމަށް އަންގާފައިވާ ކަމަށެވެ.

އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގެ އެއްވެސް އިމާރާތެއްގައި ވިޔަފާރި ކުރުމަކީ ޤަވާޢިދާ ޚިލާފު މަނާ ކަމެކެވެ. އެހެންކަމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ޤަވާޢިދާ އެއްގޮތަށް ނަގަންޖެހޭ އެންމެހައި ހުއްދަތައް ފުރިހަމަކޮށްގެން ވިޔަފާރި ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު