އާދިއްތަ, October 11
ވިލިމާލޭގައި ސިއްހީ މިންގަނޑާ ޚިލާފަށް މަސް ތައްޔާރުކުރާ ތަންތަން އިންސްޕެކްޓްކޮށްފި

ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ވަޅޯމަސް ތައްޔާރުކޮށް ގެންގުޅޭ މައްސަލައެއް ފާހަގަކުރެވިގެން، އެކަން އިސްލާހުކުރުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މި މައްސަލަ ފާހަގަވެފައިވަނީ ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ރަށުތެރެ ބަލައިޕެޓްރޯލް ކުރަމުންދިޔަ ވަގުތުގައެވެ. އެގޮތުން، އެ ސަރަހައްދުގައި މަސް ގެންގުޅޭ ބައެއް ފަރާތްތަކުން އެއްވެސް ރައްކާތެރިކަމެއް ނެތި، ބިންމަތީގައި ސަތަރި އަޅައިގެން މަސް ހިއްކަން ބަހައްޓާފައިވާކަން ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ މި މައްސަލަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ރަސްމީކޮށް ހުށަހަޅާފައެވެ. އަދި އެމްއެފްޑީއޭ އާއި ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓް ގުޅިގެން އިއްޔެ ވަނީ އެ ސަރަހައްދުގެ ތަންތަން ޚާއްޞަ ގޮތެއްގައި އިންސްޕެކްޓްކޮށް، ސާފުތާހިރުކަން ކުޑަކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެކަންކަން ވަގުތުން އިސްލާހުކުރުމަށް އަންގާފައެވެ.

އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުނުކުރުމަށާއި، ވިލިމާލޭގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތްތަކުން ސިއްހީ މިންގަނޑުތަކަށް ފެތޭގޮތަށް އަމަލުތައް ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު