Wednesday, October 7
މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ހާއްސަ އިތުރު 10 ޒޯން ކަނޑައަޅައިފި

ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް އެކަމަށް ޚާއްޞަ އިތުރު 10 ޒޯން ކަނޑައަޅައިފިއެވެ.

މީގެ ކުރިންވެސް ފަސް ސަރަޙައްދެއްގައި މެރިކަލްޗަރއަށް ޚާއްޞަ ޒޯންތަކެއް ޤާއިމުކޮށް، އިންވެސްޓަރުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ދީފައެވެ.
މެރިކަލްޗަރގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އިތުރު 10 ސަރަހައްދެއް މިހާރު މިވަނީ ކަނޑައަޅާފައެވެ. މިއާއެކު ޖުމްލަ 15 ސަރަހައްދެއް މެރިކަލްޗަރއަށް މިވަނީ ކަނޑައަޅާފައެވެ.

އަލަށް ކަނޑައެޅި 10 ސަރަހައްދުގެ ތެރޭގައި ތ. އަތޮޅު 2 ސަރަހައްދާއި، މ. އަތޮޅު 3 ސަރަހައްދާއި، ފ. އަތޮޅު 2 ސަރަހައްދާއި، ދ. އަތޮޅު 2 ސަރަހައްދުގެ އިތުރުން ގއ. އަތޮޅު 1 ސަރަހައްދު ހިމެނެއެވެ.

މީގެއިތުރުން، މެރިކަލްޗަރ އިންޑަސްޓްރީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު