Monday, October 12
3.2 ކިލޯގެ ކެނަބިސް ޕޯސްޓް މެދުވެރިކޮށް އެތެރެކުރަނިކޮށް އަތުލައިގަނެފި

2024 ވަނަ އަހަރުގައި ކަސްޓަމްސް އިން އަތުލައިގަނެވިފައިވާ ކެނަބިސްތަކެއް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ އަތުލައިގަނެފައެވެ. ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޕޯސްޓް މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައެވެ. އެ ޕެކޭޖް އިތުރަށް ބެލުމުން، 3.2 ކިލޯއަށްވުރެ ގިނަ ކެނަބިސް ވަނީ ފެނިފައެވެ. ނަމަވެސް، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ފުލުހުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އަންނަ ހުރިހާ ޕެކޭޖުތަކެއް ކަސްޓަމްސްއިން އަބަދުވެސް ސްކޭންކޮށް، ޝައްކުކުރެވޭ ޕެކޭޖުތައް ވަކިން އިތުރަށް ބަލައިފާސްކުރެއެވެ. ޕޯސްޓް މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރުމަކީ މީގެ ކުރިންވެސް ހިނގާފައިވާ ކަމަކަށްވާއިރު، އެފަދަ މައްސަލަތަކުގައި ޕެކޭޖުތަކާ ހަވާލުވާންދާ މީހުން ހައްޔަރުކޮށް، ޖަލު ހުކުމްވެސް ކޮށްފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު