އާދިއްތަ, October 11
ވެކްސިނާއި ބޭސް ހޯދަން ސީރަމް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފި

ރާއްޖެއަށް ބޭނުންވާ ވެކްސިނާއި ބޭހުގެ އިތުރުން ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށް، ދުނިޔޭގައި އެންމެ ބޮޑަށް ވެކްސިން އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު ސްޓޭޓް ފާމަސޫޓިކަލް ކުންފުނިން މަޝްވަރާކޮށްފިއެވެ.

ސްޓޭޓް ފާމާއިން ބުނި ގޮތުގައި، ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓަރ އޮފް އިންޓަނޭޝަނަލް ބިޒްނަސް ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ، ރާއްޖެއަށް ބޭނުންވާ އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމެވެ. މީގެއިތުރުން ކުރިމަގުގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ މެދުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ޑަބްލިއުއެޗްއޯ އާއި އދ. ގެ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ކުންފުނި ކަމަށްވާ ސީރަމް އިންސްޓިޓިއުޓާއެކު ބޭއްވި މި ބައްދަލުވުމަކީ، ބައިނަލްއަގުވާމީ ފުންނާބުއުސް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކޮށް، އާންމުންނަށް ފެންވަރު ރަނގަޅު، ރައްކާތެރި ބޭހާއި ވެކްސިން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަށްޓަކައި، ބަންގްލަދޭޝްގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ހެލްތުކެއާ ފާމަސޫޓިކަލް ލިމިޓެޑް އާއެކުވެސް ސްޓޭޓް ފާމާއިން މިދިޔަ ހަފުތާގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު