Monday, October 12
މޯލްޑިވިއަންއިން ދަތުރުވެރިންނަށް ފަސޭހަ ޖާނީ ޕްލަސް ހިދުމަތް ތައާރަފުކޮށްފި

ފޮޓޯ- މޯލްޑިވިއަން

ޤައުމީ އެއާލައިން، މޯލްޑިވިއަންއިން ކަސްޓަމަރުންގެ ދަތުރުތައް އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މޯލްޑިވިއަން ޖާނީ ޕްލަސް" ގެ ނަމުގައި ހާއްސަ ހިދުމަތްތަކެއް ތައާރަފުކޮށްފިއެވެ. މިއީ އެތައް ހާސް ފަސިންޖަރުންގެ ފީޑްބެކަށް ބަލައި، ދަތުރުވެރިންނަށް އިތުރު އިޚްތިޔާރުތަކެއް ފޯރުކޮށްދިނުމަށް ތަރައްޤީކުރި ހިދުމަތްތަކެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި ހިދުމަތުގެ ދަށުން ތައާރަފުކުރެވުނު މައިގަނޑު ފަސް ބައިގެ ތެރޭގައި ހިމެނެނީ:

  • ޖާނީ+ ޕްރިމިއާ: ޑޮމެސްޓިކް ދަތުރުވެރިންނަށް ކިއުއަށް ނުރާ އިސްކަންދީގެން ޗެކިންވުމާއި، އަވަހަށް ބެގޭޖް ލިބުމުގެ އިތުރުން ބޯޓަށް އަރައިފޭބުމުގައި ހާއްސަ ފަސޭހަތަކެއް.
  • ޖާނީ+ ބޭގްސް: ޑިސްކައުންޓް ރޭޓުގައި އެޑްވާންސްކޮށް އިތުރު ބެގޭޖް އެލަވަންސް ގަނެވޭނެ އިންތިޒާމު.
  • ޖާނީ+ ރިލެކްސް: މޯލްޑިވިއަންގެ ބައެއް ލައުންޖުތައް ބޭނުންކުރުމުގެ ފުރުސަތު.
  • ޖާނީ+ އަޕްގްރޭޑް: އިންޓަނޭޝަނަލް ދަތުރުތަކުގައި ބިޒްނަސް ކްލާހަށް އަޕްގްރޭޑްވުމުގެ ފުރުސަތު.
  • ޖާނީ+ ބައިޓްސް: ޑޮމެސްޓިކް ދަތުރުވެރިންނަށް ޕްރީ-އޯޑަރ ކޮށްގެން ކާބޯތަކެތީގެ ކޮމްބޯ ހޯދުމުގެ ފުރުސަތު.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އާއި މާކެޓިންގ މެނޭޖަރު ހަސަން ޝާރިހް އާދަމް ފާހަގަކުރެއްވި ގޮތުގައި، މިއީ ފަސިންޖަރުންގެ ބޭނުންތަކަށް ބަލައި ދަތުރުތައް އަމިއްލައަށް ކަސްޓަމައިޒް ކުރެވޭނެ ގޮތަށް ފެށި ފުރަތަމަ ފިޔަވައްސެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހިދުމަތަށް އިތުރު އޮޕްޝަންތައް އިތުރުވަމުންދާނެއެވެ.

ފްލައިޓް ފުރާ ގަޑީގެ 24 ގަޑިއިރު ކުރިން މި ހިދުމަތްތައް ބުކް ކުރެވޭނެއެވެ. އަދި މޯލްޑިވިއަންގެ ކޯލް ސެންޓަރު، ވައިބަ، ވަޓްސްއެޕް، ޓިކެޓިންގ އޮފީސްތައް އަދި ސޭލްސް އެޖެންޓުން މެދުވެރިކޮށްވެސް "މޯލްޑިވިއަން ޖާނީ ޕްލަސް" ގެ ހިދުމަތްތައް ހަމަޖެއްސޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު