Monday, October 12
ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން އައްޔަންކުރަން ޖޭއެސްސީން ނިންމައިފި

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ވަނީ ނިންމާފައެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ މަހު ހުޅުވާލުމުން، ކުރީގެ ބައެއް ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން ހިމެނޭހެން ޖުމްލަ 29 ބޭފުޅަކު ކުރިމަތިލެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ނިންމާފައިވަނީ ހއ. ދިއްދޫ، ޑޭޒީމާގޭ އަހުމަދު ތައުފީގާއި، ޅ. ކުރެންދޫ، ނޫރާނީގޭ ސުލައިމާން މުހައްމަދު އަދި ތ. ވޭމަންޑޫ، ޑްރީމް މުހައްމަދު އަބްދުالله އެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ތިން މަގާމަކަށް ކުރިމަތިލާން ހުޅުވާލުމުން 42 ބޭފުޅަކު ވަނީ އެ މަގާމުތަކަށް ކުރިމަތިލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު