ކ. ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމާއި، ކާރިސާތަކުގައި ހަރަކާތްތެރިވާނެ ޓީމުތައް ތަމްރީނުކުރުމުގެ މަސައްކަތު ބައްދަލުވުންތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ފަށައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމުގައި ގުރައިދޫ ކައުންސިލާއި ރަށުގެ މުހިންމު މުއައްސަސާތަކުން ބައިވެރިވެއެވެ. އެންޑީއެމްއޭގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާއު ވިދާޅުވީ، ފުރަތަމަ ތިން ދުވަހު މުއައްސަސާތަކާއެކު ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ފަހު ދެ ދުވަހު އޮންނާނީ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ "ކޮމިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމު" ތަމްރީނުކުރުން ކަމަށެވެ.
މިއީ 2012 އިން ފެށިގެން ބޭނުންކުރަމުން އައި ފްރޭމްވޯކް އިސްލާހުކޮށް، މުޅިން އަލަށް އެކުލަވާލި "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކް" ގެ ދަށުން ކުރިއަށްދާ ޕްރޮގްރާމެކެވެ. ލަގްޒަންބާގް، ޑެންމާކް، އަދި ދެކުނު ކޮރެއާގެ އެހީއާއެކު ޔޫއެންޑީޕީން ހިންގާ "ރިޑްސް އިން ސިޑްސް" މާލީ އެހީތެރިކަމާއެކު ކުރިއަށްދާ މި މަޝްރޫއުގެ ދަށުން، އެންޑީއެމްއޭއިން މިހާތަނަށް ވަނީ 72 ރަށެއްގައި ކާރިސާތައް މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލާފައެވެ.



