Wednesday, October 7
ސިޓީ ކައުންސިލުން މިދިޔަ މަހު މާލޭގެ 18 ސަރަހެއްދެއްގެ މަގު މަރާމާތުކޮށްފި

ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިން ޖުލައި މަހު ކުރިއަށް ގެންގޮސްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް 25 މަގެއްގެ 33 ކާނުމަތި ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން 10 ސަރަހައްދެއްގައި ރޭންޕު ހެދުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން އިތުރަށް ހާމަކުރި ގޮތުގައި މިދިޔަ މަހު މާލޭގެ 41 މަގެއްގައި ސްޕީޑް ބްރޭކަރުގެ 42 ނިޝާން ކުރަހާފައިވާއިރު، 52 މަގެއްގައި ޒިބްރާ ކްރޮސްގެ 54 ނިޝާން ވަނީ ކުރަހާފައެވެ.

މި މަސައްކަތްތަކާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މަގުތައް ހަދައި މަގުތަކުގައި ނިޝާންތައް ކުރެހުމަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

"މި ކަމަކީ މާލެ ސިޓީ ކައުންސިލުން އަބަދުވެސް ކުރަމުން އަންނަ، އަދި ރައްޔިތުންގެ ސަލާމަތަށްޓަކައި އިސްކަންދޭ ކަންކަން،" ޢާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނާއި އުޅަނދުތަކަށް އަމާން ތަނަކަށް ހެދުމަށްޓަކައި މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު