އާދިއްތަ, October 11
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރަން ސިޓީ ކައުންސިލުން ނިންމައިފި

މާލެ ސަރަޙައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ތަނެއް އިންސްޕެކްޓް ކުރުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް މާލޭ ސިޓީ ކައުންސިލުގެ އިއްތިފާގުން ވަނީ ނިންމައިފައެވެ. މިއަދު އޮތް ކައުންސިލުގެ އާންމު ޖަލްސާއަށް މިކަން ހުށަހެޅުއްވީ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ހައްވާ ޝިފާނާއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މާލޭގެ ހަނި ގޯޅިތަކުގައި ބިދޭސީންނަށް ކާންދޭ ތަންތަނާއި ހޮޓާތައް ގިނަވެ، އެކަމާ ގުޅިގެން އާންމުންގެ ގިނަ ޝަކުވާތަކެއް ދަނީ ލިބެމުންނެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން ކުރިއަށްގެންދާ މި އިންސްޕެކްޝަން ހަރަކާތް ކުރިއަށްދާނީ ކަމާބެހޭ އިދާރާތައް ގުޅިގެންނެވެ. އެގޮތުން ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ބަލާނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ  އިންނެވެ. އަދި އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ މީހުންތޯ އިމިގްރޭޝަނުން ބަލާއިރު، ހަރަކާތުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ފުލުހުންނެވެ.

މި ހަރަކާތް އިދާރާތަކުން ހިންގާތޯ ބަލައި މޮނީޓާ ކުރުމުގެ ޒިންމާ މާލޭ ސިޓީ ކައުންސިލުން ނަގާއިރު، މިއީ ހަމައެކަނި ނަމަކަށް ކުރާ ކަމަކަށް ނުހަދައި، އެދެވޭ ނަތީޖާއެއް ނެރެވޭނެ ފަދަ ބޭނުންތެރި ހަރަކާތަކަށް ހެދުމަށް ސިޓީ ކައުންސިލުން އަމާޒު ހިފާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު