Saturday, October 17
މއ. ކުދިމަގޫގެ ވިއްކާލަން އަގު ކުޑަކޮށް އަލުން ނީލަމަށް

މޯލްޑިވްސް އިސްލާމިކް ބޭންކް އިން ނަގާފައިވާ ދެ މިލިއަން ރުފިޔާގެ ލޯނެއް ނުދައްކައިގެން ސިވިލް ކޯޓުން ދީފައިވާ ހުއްދައެއްގެ ދަށުން، މާލޭގެ ނިކަގަސްމަގުގައިވާ 830 އަކަފޫޓުގެ މއ. ކުދިމަގޫގެއާއި އެ ގޯތީގައިވާ އިމާރާތް ވިއްކާލުމަށްޓަކައި އަގު ހެޔޮކުރުމަށްފަހު އަލުން ނީލަމަށް ހުޅުވާލައިފިއެވެ.

މި އަހަރުގެ ޖަނަވަރީ މަހު އެންމެ ފުރަތަމަ މި ގެ ވިއްކާލަން އިއުލާންކުރީ 12.65 މިލިއަން ރުފިޔާއަށެވެ. އަދި އޭގެފަހުން މިދިޔަ ޖުލައި މަހު 12.15 މިލިއަން ރުފިޔާއަށް އަގު ކުޑަކުރުމަށްފަހު، މިއަދު ނެރުނު އިއުލާނުގައި ވަނީ ކުރީގެ އަގުން ފަސް ލައްކަ ރުފިޔާ އުނިކޮށް، ފެށޭ އަގަކީ 11,650,000 ރުފިޔާ ކަމުގައި ހަމަޖައްސައިފައެވެ.

މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއަކާއެކު އަންނަ ބުދަ ދުވަހުގެ 13:00ގެ ނިޔަލަށް ސިޓީ ހުށަހަޅަންޖެހެނީ އެމްއައިބީގެ ހެޑް އޮފީހުގެ ތިންވަނަ ފަންގިފިލާގައިވާ ބިޒްނަސް ޑިޕާޓްމެންޓުގެ ނީލަން ފޮށްޓަށެވެ. ސުންގަޑި ހަމަވުމާއެކު ހާޒިރުވެ ތިބި މީހުންގެ ކުރިމަތީގައި ސިޓީތައް ކަނޑައި، ހުށަހަޅާފައިވާ އެންމެ މަތީ އަގަކީ ނީލަން ފަށާ އަގު ކަމުގައި ކަނޑައަޅާނެއެވެ. މި ބީލަމާ ގުޅޭ އިތުރު މައުލޫމާތު އެމްއައިބީގެ ނަންބަރު 3044573 އަށް ގުޅުމުން ނުވަތަ އީމެއިލް ކުރުމުން ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު