އާދިއްތަ, October 11
ދިއްދޫ ފުޓްސަލް ދަނޑު ހުޅުވައިފި

އދ. ދިއްދޫގައި ތަރައްޤީކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ފުޓްސަލް ދަނޑު ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިސްވެރިންނާއި އެމްޓީސީސީގެ ޑީއެމްޑީ އަހުމަދު މުބީންގެ އާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަބްދުﷲ ރަޝީދުގެ އިތުރުން ދިއްދޫ ކައުންސިލްގެ އިސްވެރިން އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

އދ. ދިއްދޫ ފުޓްސަލް ދަނޑު ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުން ކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން އެކި ކުޅިވަރުތައް ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި މިހާރުވެސް މުޅި ރާއްޖެ ހިމެނޭގޮތުން ގިނަ ޕްރޮޖެކްޓްތަކެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

500 އެއްހާ މީހުންގެ އާބާދީއެއް އޮތް ދިއްދޫގައި ފުޓުސަލް ދަނޑު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2025 ވަނަ އަހަރުގެ މެދުތެރޭގައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 1.74 މިލިއަން ރުފިޔާ އަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު