Wednesday, October 21
ދުވާރުމަތީގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ދުވާރުތަކުގައި އުޅަނދު ޕާކުކުރުން އިތުރުވަމުންދާތީ، އެފަދަ ސަރަހައްދުތަކުގައި އުޅަނދުތައް ޕާކުނުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފައިމަގުގައި ހިނގުމަށް ހާއްސަކުރެވިފައިވާ ދުވާރުތަކާއި ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ ގާނޫނީގޮތުން މަނާކަމެކެވެ. މީގެ ތެރެއިން އިސްތިސްނާވަނީ ހަމައެކަނި ކުޑަކުދިންގެ ޕްރޭމްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ބޭނުންކުރާ، އިންސާނީ ހަކަތައިން ދުއްވާ ފުރޮޅުލީ ގޮނޑިތައް އެކަނި ކަމަށްވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު