Monday, October 12
މިނިސްޓަރ ޑރ. ޝަހީމް، ހައްޖު ކޯޕަރޭޝަންގެ އާ އެމްޑީއާއި ބައްދަލުކުރައްވައިފި

މިނިސްޓާރ ޑރ. ޝަހީމް އަދި ހައްޖު ކޯޕަރޭޝަންގެ އެމްޑީ ފަޒޫލް

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް، ހައްޖު ކޯޕަރޭޝަންއަށް އަލަށް އައްޔަންކުރެއްވި މެނޭޖިންގ ޑިރެކްޓަރ އުސްތާޛު މުހައްމަދު ފިރޫޒުލް އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މުހިންމު މަގާމަށް ފިރޫޒުލް އައްޔަންކުރެއްވުމާ ގުޅިގެން އޭނާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާފައެވެ. މީގެއިތުރުން، ދިވެހި ހައްޖުވެރިންނަށް ޚިދުމަތްކުރުމުގެ މި މާތް އަދި ބޮޑު މަސްއޫލިއްޔަތު އަމާނާތްތެރިކަމާއި، ފަންނީ ފެންވަރުގައާއި، އިޚްލާޞްތެރިކަމާއެކު އަދާކުރެއްވުމުގައި ފިރޫޒުލްއަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އުސްތާޛު މުހައްމަދު ފިރޫޒުލް އައްޔަންކުރައްވާފައިވަނީ 01 ޖުލައި 2026 ގައެވެ. ފިރޫޒުލް އަކީ މިސްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯ އިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ކީރިތި ޤުރުއާން ހިތުދަސް ހާފިޒެއްވެސް މެއެވެ.

ހައްޖު ކޯޕަރޭޝަންގެ ހިންގުމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފިރޫޒުލް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ. މީގެއިތުރުން، މިހާރުގެ ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ތަރުޖަމާނެއްގެ ގޮތުންނާއި، ވެރިކަންކުރާ ޕީއެންސީގެ ތަރުޖަމާނެއްގެ ގޮތުގައިވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު