Saturday, October 31
މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް އާންމުންނަށް ހުޅުވާލައިފި

ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.
ފުލުހުން ބުނީ މި ހަރަކާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު 2024 އޭޕްރީލް 26 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް ވަނީ ހުޅުވާލެވިފައިވާކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށެވެ. ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތު media@police.gov.mv އަށް އީމެއިލް ކުރެއްވުން ވަނީ އެދިފައެވެ.

  • ފުރިހަމަ ނަން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
  • ގުޅޭނެ ފޯނު ނަންބަރު

މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މެއިލްކުރާ ތަރުތީބުން 10 މީހަކަށެވެ.
މަސްތުވާތަކެތި ނައްތާލުމުގެ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2024 އޭޕްރީލް 27 ވަނަ ދުވަހުގެ މެންދުރުފަހު ދޫނިދޫގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު