Wednesday, October 21
ދިގުރަށުގައި ބިދޭސީންގެ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ 5 މީހަކު މަރުވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް މީހަކު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ ދަންވަރު 2:00 އެހައިކަންހާއިރު ކަމަށެވެ.

އެ މުއައްސަސާއިން ބުނީ އެ ހާދިސާގައި 8 މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެ ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާލެ ގެނެސްފައިވާ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު