Monday, November 2
ކުރޫޒް ލައިނާއަކުން 479 ޓޫރިސްޓުންނަށް ކްލިއަރެންސް ދީފި
މި އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ, 479 ފަތުރުވެރިންނަށް ކްލިއަރެންސްދީފިއެވެ.

އިމިގްރޭޝަނުން ބުނީ، "އެމްއެސް ކްރިސްޓަލް ސިމްފަނީ" މިދިޔަ ހޯމަ ދުވަހު ރާއްޖެ އައީ، ސީޝެލްސްގެ މަހޭއިން ފުރައިގެން ކަމަށެވެ.

މިގޮތުން، އެ ކްރޫޒްލައިނާއިން ވަނީ، 479 ފަތުރުވެރިންނާއި 491 ކްރޫއިން އައިސްފައެވެ. އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން އެ މީހުންނަށް ކްލިއަރެންސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިއީ، މި އަހަރު ރާއްޖެ އައި ފުރަތަމަ ކްރޫޒްލައިނާއެވެ.

ކޮންމެ އަހަރެއްގެ ވެސް ފަހު ކޮޅާއި ކުރީކޮޅު ރާއްޖެއަށް ކުރޫޒު ލައިނާތައް އާދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު