Monday, November 2
އިޖުތިމާޢީ އާންމު އެހީތަކަށް އެދުމަށް ހެލްޕް ޑެސްކެއް ޤާއިމްކޮށްފި

ސަރުކާރުގެ އިޖުތިމާޢީ އާންމު އެހީތަކަށް އެދުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ "ހެލްޕު ޑެސްކެއް"  ޤާއިމުކޮށްފިއެވެ.

މިއަދު ފެށިގެން އެ ޑެސްކުން ޚިދުމަތް ލިބެމުންދާނެއެވެ.

މި "ހެލްޕް ޑެސްކް" ޤާއިމުކޮށްފައި ހުންނާނީ ހެންވޭރު ފެރީ ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާގައެވެ. ސަރުކާރުން ބަންދު ދުވަސްތައް ފިޔަވާ އާދިއްތައިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:30އިން ހަވީރު 04:00 އަށް އެޑެސްކުން ޚިދުމަތް ލިބޭނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

މި ހެލްޕް ޑެސްކް މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ އެލަވަންސްއާއި، އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންގެ އެލަވަންސާއި، ފޯސްޓަރކޮށްގެން ދަރިން ބަލާ ބެލެނިވެރިންގެ އެލަވަންސާއި، ކާބޯތަކެތި ހޯދުމަށް އެދި ހޯދާ އެލަވަންސާއި، ތެރަޕިއުޓިކް ޚިދުމަތްތަކަށްދޭ އެލަވަންސާއި، ތެލަސީމިއާ ހުންނަ ފަރާތްތަކަށް ދޭ އެލަވަންސާއި، އައިވީއެފް ފަރުވާއާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. މިހެލްޕް ޑެސްކާއެކު ޑިޖިޓަލް ނިޒާމުގެ ތެރެއިން ސަރުކާރުން ރައްޔިތުންނަށް ދޭން ފަށާފައިވާ އިޖުތިމާޢީ އެހީތެރިކަމާއި ގުޅުންހުރި ޚިދުމަތްތައް އެންމެ ރަނގަޅުގޮތުގައި ލިބިގަނެވޭނެ މަގު ފަހިވެކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު