Monday, November 2
ރާއްޖޭގެ ފުރަތަމަ އެއާޓްރެފިކް ކޮންޓްރޯލަރ، ނައީމް ނިޔާވެއްޖެ
ރާއްޖޭގެ ފުރަތަމަ އެއާޓްރެފިކް ކޮންޓްރޯލަރ މުހައްމަދު ނަޢީމު ނިޔާވެއްޖެއެވެ. މުހައްމަދު ނަޢީމް ނިޔާވުމާއި ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަނީ ނަޢީމްގެ އާއިލާއަށް ތައުޒިޔާ ދަންނަވާފައެވެ.   ސޯޝަލް މީޑިއާގައި ތައުޒިޔާ ދަންނަވައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމްއޭސީއެލް އިން ބުނީ މިއީ ރާއްޖޭގެ އޭވިއޭޝަން ކޮމިއުނިޓީއަށް ލިބިގެންދިޔަ ބޮޑު ފަޅުކަމެއް ކަމަށެވެ. އަދި ނައީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތް އިހްތިރާމާއި އެކު އަބަދުވެސް ހަނދާން ހުންނާނެ ކަމަށް އެ ޕޯސްޓްގައިވެއެވެ. ނައީމަކީ, ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި, މީގެ 59 އަހަރު ކުރިން ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ. ނައީމު ނިޔާވީ ބަލިވެ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް, މިދިޔަ އާދިއްތަ ދުވަހުއެވެ. ޖަނާޒާ އޮތީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ. ނިޔާވިއިރު އުމުރަކީ 74 އަހަރުއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު