Monday, November 2
އެއްމާބަނޑު ދެެބެން ޤުރުއާން ހިތުދަސްކުރީ އެއްވަނަ ދަރަޖައިގަ!
އެއްމާބަނޑު ދެބެން ކަމަށްވާ ޙަސަން ސިނާން އަދި ޙުސައިން ޝިފާން އެއްވަނަ ދަރަޖައިގެން ފާސްވެގެން ހާފިޒް ކަމުގެ ސަނަދު ހޯދައިފިއެވެ. އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ވަނީ ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރެއްވި އުމުރުން 35 އަހަރުގެ އަލްޙާފިޡް ޙަސަން ސިނާން އަދި އަލްޙާފިޡް ޙުސައިން ޝިފާން ،ގ. ހީނާހިޔާ  އާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރެއްވި އަލްޙާފިޡް ޙަސަން ސިނާން އަދި އަލްޙާފިޡް ޙުސައިން ޝިފާން އާއި ބައްދަލުކުރެއްވުން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
'"އަލްޙާފިޡް ޙަސަން ސިނާން އަދި އަލްޙާފިޡް ޙުސައިން ޝިފާން ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރީ އެއް ވަނަ ދަރަޖައިގައި ފާސްވެގެން"' އިސްލާމިކް މިނިސްޓްރީން ހާފިޒުންނާ ބައްދަކުރައްވާ ކުރެއްވި ޕޯސްޓްގައި ލިޔުއްވިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޙާފިޡުކަމުގެ ސަނަދު ޙާސިލްކުރެއްވި އަލްޙާފިޡް ޙަސަން ސިނާން އަދި އަލްޙާފިޡް ޙުސައިން ޝިފާން އާއި ބައްދަލުކުރެއްވުން- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ ޙާފިޒުންގެ އަދަދު މިހާރު ވަނީ 291 އަށް އަރައިފައެވެ. ރޯދަމަސް ކުރިން ހާފިޒުންގެ އަދަދު 300 އަށް އަރާނެކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު