Monday, November 2
ރަމަޟާން މަހަށް ފޭސް 2ގައި ވަގުތީ މާރުކޭޓެއް ހަދަން ފަށައިފި

އަންނަ ރަމަޟާން މަހަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް 2 ގައި ވަގުުތީ މާރުކޭޓެއް އެޅުމަށް މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

މާރުކޭޓު ތަރައްގީކުރަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައެވެ.

އެޗްޑީސީން ބުނީ އެތަނުގައި ޖުމްލަ 24 ގޮޅި ހުންނާނެ ކަމަށާއި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށެވެ.

މާރުކޭޓުގެ ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ އިއުލާން ކޮށްގެންނެވެ.

 މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު