Monday, November 2
މިދިޔަ އަހަރު ފުރަތަމަ ޑިގްރީއަށް 151 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި
މިދިޔަ އަހަރު ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. މިއީ 2025 ވަނަ އަހަރު ރަޖިސްޓްރީ ވެފައިވާ 2789 ދަރިވަރުންނަށް ދޫކުރި 151302259 ފައިސާއެވެ. މިއާއި އެކު ޖުމުލަ 5863 ދަރިވަރުންނަށް ދޫކޮށްފައިވާ ފައިސާ ގެ އަދަދު 301667125.73 ރުފިޔާ ވަނީ މިހާތަނަށް ޚަރަދުކޮށްފައެވެ.   މިދިޔަ އަހަރު ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން 3286 ދަރިވަރުން ގްރަޖުއޭޓްވެފައިވާއިރު މިހާތަނަށް 6640 ދަރިވަރުން ވަނީ ގްރަޖުއޭޓްވެފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދޭ ގޮތުގައި މިވަގުތު ރާއްޖޭގައި 8680 ދަރިވަރުން ދަނީ މަތީތައުލީމް ހާސިލްކުރަމުން އެބަގެންދެއެވެ.
ސްކޮލަރޝިޕް
2025 ވަނަ އަހަރު ސްކޮލަރޝިޕްގެ ގޮތުގައި 222 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަޔަރ އެޑިޔުކޭޝަނުން ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ފައިސާ ދޫކުރި 205 ދަރިވަރުންނާއި އެކު މުޅި ޖުމުލަ 411 ދަރިވަރުންނެވެ. މުޅި ޖުމުލަ މިހާތަނަށް ގްރަޖުއޭޓްވެފައިވާ ދަރިވަރުންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދަކީ 471088211.00 ރުފިޔާ އެވެ. ސްކޮލަރޝިޕްގައި ކިޔެވި 180 ދަރިވަރުންނަށް މިދިޔަ އަހަރު ދަސްވެނިވެފައިވާއިރު މުޅި ޖުމުލަ 411 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މީގެ އިތުރުން މިނިސްޓްރީން ވަނީ ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ފައިސާ ދޫކޮށްފައިވާ އަދަދު ތަކުގެ ތަފްޞީލްވެސް ހާމަކޮށްފައެވެ. މިދިޔަ އަހަރު ޖުމުލަ 596 ދަރިވަރުންނަށް 548 މިލިއަނަށްވުރެ ގިނަ ފައިސާ ސްޓޫޑަންޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު