Monday, November 2
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެބުރުއަރީ 5 ގައި ބާއްވަން ނިންމައިފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށާނެކަން، ރައްޔިތުންގެ މަޖިލީހުން މިއަދު ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، މި އަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހު ހެނދުނު ނުވައެއް ޖަހާއިރު އޮންނާނެ ކަމަށެވެ.

މިއަހަރުގެ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަސް ދިމާވަނީ ބުރާސްފަތި ދުވަހާއެވެ.

ކޮންމެ އަހަރެެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން އޮންނާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު