Monday, November 2
ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޕީޖީ ކްލިނިކެއް ހަދަން ނިންމައިފި

މާލޭ ސަރަހައްދުގައި ތަރައްގީކުރަން ނިންމާފަައިވާ ޕީޖީ ކްލިނިކުތަކުގެ ތެރެއިން ހެންވޭރުގައި އަޅާ ޕީޖީ ކްލިނިކު ބިނާކުރުމަށްޓަކައި ކުރިން ތެލެސީމިއާ ސެންޓަރު ހިންގަމުން އައި އިމާރާތް ތަޅައިލަން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ކުރި އިއުލާނެއްގަައި ބުނެފައިވަނީ ތެލިސީމިއާ ސެންޓަރު ތަޅައިލުމުގެ މަސައްކަަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

ޕްރިވެންޓޭޓިވް ހެލްތު ކެއާއަށް އިސްކަންދިނުމުގެ ސިޔާސަަތުގެ ތެރެއިން އެފަދަ ހިދުމަތްތައް ފުޅާކުރުމަށާއި، މާލޭގައި އައިޖީއެމްއެޗްއަށް އޮންނަ ބުރަ ކުޑަކޮށް ކިއުގައި ޖެހިގެން މަޑުކުރަންޖެހޭ ނިސްބަތް މަދުކުރުމުގެ ގޮތުން މާލޭ ސަރަހައްދުގައި ޕީޖީ ކްލިނިކުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތެކެވެ.

އެ ސިޔާސަތުގެ ދަށުން މާލޭ ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ ޕީޖީ ކްލިނިކު ގާއިމުކޮށްފަައިވަނީ މާފަންނުގައެވެ. އެތަނުގެ ހިދުމަތް ފަށައި، އެތަނުން ދޭ ހިދުމަތްތައް މިހާރު ފުޅާކޮށްފައިވެއެވެ.

އޭގެ އިތުރަށް ހުޅުމާލޭ ހިޔާ ސަރަހައްދުގައި ހުޅުމާލޭ ހޮސްޕިޓަލުގެ ޕީޖީ ކްލިނިކެއް ގާއިމުކޮށްފައިވާއިރު، މިހާރު މީހުން ދިރިއުޅެން ފަށާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ހަތަރުހާސް ހައުސިން ޔުނިޓު ހުރި ޓަވަރުތަކުގައިވެސް ޕީޖީ ކްލިނިކެއް ގާއިމުކުރަން ނިންމާފައިވެއެވެ.

ޕީޖީ ކްލިނިކުތަކުގައި އާއްމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، ހާއްސަަ ޑޮކްޓަރެއްގެ ލަފާ ބޭނުންވާ ހާލަތުގައި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަަތް ދިނުމާއި، އާއްމު ސިއްހަތު ކުރިއެރުވުމަށް ތަފާތު ޕްރޮގުރާމުތައް ހިންގުމާއި، ތުއްތު ކުދިންގެ ހެދިބޮޑުވުން މޮނީޓަރކުރުން ފަަދަ ހިދުމަތްތައް ލިބޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު