Monday, November 2
ސުމޫދު ފްލޮޓިލާގެ އިސް ވަފުދާ ފޮރިން މިނިސްޓަރ ބައްދަލުކުރައްވައިފި
މިހާރު ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ގްލޯބަލް ސުމޫދު ފްލޮޓިލާގެ މަންދޫބުންނާ ފޮރިން މިނިސްޓަރ ޑޮކްޓަރ އަބުދުﷲ ޚަލީލް މިއަދު ބައްދަލުކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެބޭފުޅުންނަށް މަރުހަބާ ދަންނަވާ، ފަލަސްތީން ގެ މައްސަލަ އަދި ޚާއްޞަކޮށް ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކުރިމަތިވަމުންދާ އިންސާނީ ދަތިތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް އެ ބޭފުޅުން ކުރައްވަމުން އަންނަ މަސައްކަތުގެ މުހިންމުކަން ފާހަގަކުރައްވާ ތައުރީފުކުރައްވާފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ 3 ދުވަހުގެ މި ދަތުރުގައި (މި މަހުގެ 6 އިން 8 އަށް) ހަތަރު މެންބަރުން ހިމެނޭ ވަފުދެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިއާގޯ އަވިލާ، ސައީދު އަބޫކޭޝެކް، މުހައްމަދު ނާދިރު އަލް-ނޫރީ އަދި ކްލިއޮނިކީ އެލެކްސޯޕޯލޯއެވެ. މި ވަފުދުގެ މެންބަރުންނަކީ މި ހަރަކާތުގެ ސްޓިއަރިންގ ކޮމިޓީގައި ހިމެނޭ އިސް ފަރާތްތަކެވެ. ގްލޯބަލް ސުމޫދު ފްލޮޓިލާގެ މަންދޫބުންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ އާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް،ި ގްލޯބަލް ސުމޫދު ފްލޮޓިލާއަކީ ޢައްޒާގައި ދިގުލައިގެން ގޮސްފައިވާ އިންސާނީ ކާރިސާއަކަށް ދެވޭ ދެމެހެއްޓެނިވި، ސުލްހަވެރި ބައިނަލްއަގުވާމީ އިޖާބައެއް ކަމަށް ވިދާޅުވިއެވެ. ''މި ހަރަކާތުން ދަނީ ދުނިޔޭގެ ސަމާލުކަން މިކަމަށް ހޯދައި، ޢައްޒާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ'' މަޖިލީހުގެ ރައީސް އަބުދުﷲ ރަހީމް އަބުދުﷲ ވިދާޅުވިއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު