Monday, November 2
ބޮޑު ސަރަހައްދަކަށް ވައިނުސާފުވެ ސަމާލުވާން އެދިއްޖެ

ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ. މެޓު އޮފީހުން ވިދާޅުވީ، އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަޙައްދުތަކަށް ސިއްޙަތަށް ނުރައްކާވާ މިންވަރަށް މިއަދު ވައި ނުސާފު ކަމަށެވެ. މެޓުން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވެ "ރެޑް އެލަރޓް"އަށް އަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށާއި، ސިއްޙީގޮތުން މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންޖެހޭ ކަމަށް މެޓުން ވިދާޅުވެއެވެ.

ދުރު ފެންނަ ނިސްބަތް ހުންނަ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށް މެޓުން މައުލޫމާތުދެއެވެ.

ވައި ސާފު މިންވަރު ބުނެދޭ, އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، މިއަދު މާލެ ސަރަހައްދާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅު ހިމެނޭހެން ބޮޑު ސަރަހައްދަކަށް ވައި ވަނީ ސިއްހަތަށް ނުރައްކާ މިންވަރަކަށް ނުސާފުވެފައެވެ. އެއީ "ރެޑް އެލާޓް" ލެވަލްއަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު