Monday, November 2
އަތޮޅު ތެރެއަށް މިއަހަރު އާރބަން ޕްރައިމަރީ ހެލްތު ކެއަރ ފުޅާކުރަނީ
އާރބަން ޕްރައިމަރީ ހެލްތު ކެއަރ ކޮންސެޕްޓް އަތޮޅު ތެރެއަށް މިއަހަރުތެރޭ ފުޅާކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ސިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ތަރައްޤީކޮށް އެތަންތަނުން ލިބޭ ޚިދުމަތްތައް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓުގެ އައު އިމާރާތް ޤާއިމުކުރެވި، މިއަހަރު ތެރޭގައި ޚިދުމަތް ދޭން ފެށިގެންދާނެ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ލެބޯޓްރީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރުމާއި އެކަމުގެ ބޭނުމަކީ ދުރާލާ ބަލި ދެގަތުމަށް ތަހްލީލު ކުރެވޭނެ ނިޒާމެއް ޤާއިމްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު