Monday, November 2
ކައުންސިލް އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރުން ކަނޑައަޅައިފި
މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ކޮމާންޑަރުން ކަނޑައަޅައިފިއެވެ. އެ ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއެވެ. މި ބައްދަލުވުމުގައި، އިންތިޚާބުގެ އެންމެހައި ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށާއި، ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި އަމާން މާހައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަޝްވަރާކުރައްވާފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ލޯކަލް ކައުންސިލު އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފްއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު އައްޔަނުކުރައްވާފައިވާއިރު، ޗީފް ޓެކްނޮލޮޖީ އޮފިސަރަކަށް އައްޔަނުކުރައްވާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އާޠިފްއެވެ. މީގެ އިތުރުން، ޓެކްޓިކަލް ކޮމާންޑަރަކަށް އައްޔަނުކުރައްވާފައިވަ ނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމްއެވެ. ކޮންމެ އިންތިޚާބަކާ ގުޅިގެންވެސް އެ އިންތިޚާބެއްގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާކަން ކަށަވަރު ކުރުމަށް ފުލުހުން އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު