Monday, November 2
މަސީހުގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފި

ފުވައްމުލަކު މޭޔަރު ކަމަށް ވެރިކަން ކުރާ ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް އަލީ މަސީހުގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

ފުވައްމުލަކު ސެންޓްރަލް ކެމްޕެއިން އޮފީހުގެ ނަމުގައި ހުޅުވި މަސީހުގެ ކެމްޕެއިން އޮފީސް ހުންނާނީ ފުނާޑް ބްރައިޓްވޭ ސްކޫލް ކަންމަތީގައެވެ.

މަސީހުގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާޙީމް އަދި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުގެ ބައެއް މެމްބަރުންނާއި ޕިއެންސީގެ މެމްބަރުން އަދި ސަޕޯޓަރުން ބައިވެރިވިއެވެ.

ފުވައްމުލަކު މޭޔަރު ކަމަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓް އަލީ މަސީހު، ގެ ކެމެޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުވައްމުލަކު ސިޓީ ކައުންސިލްގައި މިވަގުތުވެސް މަސައްކަތް ކުރަމުން އަންނަ އަލީ މަސީހު އަކީ 12 އަހަރުވަންދެން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އިދާރީގޮތުން އިސްކޮށް މަސައްކަތެއް ކުރުމުގައި ހުންނެވި މުވައްޒަފެކެވެ.

މާސްޓާސް އިން ބިޒިނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވާ މަސީހް ވަނީ ފުވައްމުލަކުގައި ހިންގާފައިވާ ތަރައްޤީގެ އެންމެ ބޮޑެތި މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

ފުވައްމުލަކު މޭޔަރު ކަމަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓް އަލީ މަސީހު، ގެ ކެމެޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަސީހު މީގެ ކުރިން ވަނީ ތަޢުލީމީ ދާއިރާގައިވެސް މަސައްކަތް ކުރައްވާފައެވެ. އެގޮތުން މުވައްމުލަކަށް މަތީ ތައުލީމު ގެނެސްދެއްވުމަށްޓަކައި، ކުރެއްވި މަސައްކަތުގައި މިހާރު ހިންގަމުންދާ ޒިކުރާ އިންޓަނޭޝަނަލް ގެ ފައުންޑިންގ މެމްބަރެއްގެ ގޮތުގައި މަސީހް ހުންނެވުމަކީ މަސީހުގެ ލީޑަރޝިޕް ދައްކުވައިދޭ ފުރިހަމަ ހެއްކެކެވެ. މީގެ އިތުރުން އެ ކޮލެޖްގެ އިދާރީ ހިންގުމާއި މިހާރުވެސް އެ ކޮލެޖްގައި ލެކްޗަރާ އެއްގެ ގޮތުގައި މިހާރުވެސް ދެމިހުރެ ރަށުގައި މީހުން ބިނާކުރުމުގައި މަސީހު ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

ޒިކުރާ ކޮލެޖްގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކާއި، މޯލްޑިވްސް އިސްލާމިކް ޔުނިވަރިސިޓީގައިވެސް މަސީހު ގެންދަވަނީ ކިޔަވައިދެއްވަމުންނެވެ.

ފުވައްމުލަކު މޭޔަރު ކަމަށް ޕީއެންސީން ވާދަކުރާ ކެންޑިޑޭޓް އަލީ މަސީހު، ގެ ކެމެޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިޖުތިމާޢީ މަސައްކަތަކަށް ބަލާއިރު މަސީހު ދަނީ ރަށުގައި ކުޅިވަރު މުބާރާތްތައް އިންތިޒާމު ކުރުމާއި އެކަމުގައިރަށުގެ ރައްޔިތުންގެ އިޖުތިމާޢީ ގުޅުން ބަދަހިކުރެއްވުމަށް ކުރަމުންދާ މަސައްކަތުގައި މަސީހުގެ ހިއްސާ ނުހަނު ބޮޑެވެ.

މަސީހަކީ ފަތުރުވެރިކަމުގެ ދާއިރާގެ  ވެސް މަސައްކަތް ކުރައްވާފައިވާ އެ ވިޔަފާރިރަށުގައި ކުރިއެރުމުގައިވެސް ހަރަކާތްތެރިވާ ރަށުގެ ހުރިހާ ދިމާއަކުން ބަލާލިއަސް ވަށައިޖެހޭ ތަރައްޤީ ރަށަށް ގެނައުމުގެ ވިސްނުމުގައި ހުންނެވި އެ ތަރައްޤީ ގެނެވޭނެ ފަރާތްތެއް ކަމާއި މެދު ޝައްކެތްނެތް.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު