Monday, November 2
ދެ އިންތިޚާބު އެއްކުގައި ބާއްވަން ރައީސް ނަޝީދު ތާއީދުކުރައްވައިފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވްން ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، 'އެކްސް' ގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކީގައި ބޭއްވުން އެއީ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑު ދެކެން" ނަޝީރު ކުރެއްވި "އެކްސް" ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު، މުހިއްމު ބިލްތަކެއްގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ޖަލްސާގެ އެޖެންޑާގައިވާ ގޮތުން ގާނުނު އަސާސީ އިސްލާހުކުރުން ހިމެނޭހެން ސަރުކާރުގެ 3 ބިލެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ބަހުސްކުރާނެއެވެ.

މާދަމާގެ ޖަލްސާގައި މަޖިލީހަށް ހުށަހަޅަނީ، ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު