Monday, November 2
ހަޔަރ އެޑިޔުކޭޝަނުން ގިނަ އަދަދެއްގެ ސްކޮލަރޝިޕް އިއުލާންކޮށްފި
ހަޔަރ އެޑިޔުކޭޝަނުން ގިނަ އަދަދެއްގެ ސްކޮލަރޝިޕް އިއުލާންކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ ހަންގޭރިއަމް ސްކޮލަރޝިޕާއި، ބްރޫނާއީގެ ޔުނިވަރސިޓީތަކުން ހިންގުމަށް ހަމަޖެހިފައިވާ  ސްކޮލަރޝިޕް  ގެ އިތުރުން "އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)" ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ސްކޮލަރޝިޕެވެ.

ބްރޫނާއީގެ ޔުނިވަރސިޓީތަކުން ހިންގުމަށް ހަމަޖެހިފައިވާ މަތީ ތަޢުލީމު ހާސިލް ކުރުމުގެ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 15 ފެބްރުވަރީ 2026 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން ހަންގޭރިއަމް ސްކޮލަރޝިޕް 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

"އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)" ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ތިރީގައިވާ ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ޖެނުއަރީ31 ގެ ކުރިން ހުށަހެޅުމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު