Monday, November 2
ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ތެލަސީމިއާ ޕޭޝެންޓުނަށް ޚާއްޞަ ކޮށްގެން ދޭ އެލަވަންސަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

ތެލަސީމިއާ އެލަވަންސް ދިނުމާ ގުޅޭ ކަންކަން ބަޔާން ކުރާ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ތެލަސީމިއާ އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ދޭން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާން ކުރެއްވީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވުމާއި ގުޅިގެން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ވަނީ، މިއެހީތެރިކަން ދިނުމަށްޓަކައި ޚާއްޞަ ޤަވާއިދެއް އެކުލަވާލާފައެވެ.

މިޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ އެލެވެންސް ދެވޭނީ، ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޮބިނޯޕަތީސް ސެންޓަރުގައި ބަލަހައްޓަމުން އަންނަ ތެލަސީމިއާ ހުންނަ މީހުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އޭގެ ތެރެއިން އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކަށް ކޮންމެ މަހަކުވެސް 2000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ތެލަސީމިއާ ކުދިންނަށް ދަޢުލަތުން ދޭ މާލީ އެލަވަންސަށް އެދި ހުށައަޅަން ޖެހެއެވެ. އެގޮތުން އެކަމަށް ކަނޑައަޅާފައިވާ އެޕްލިކޭޝަން އެޕްރޫވްވުމަށްފަހު ޖެހިގެން އަންނަ މީލާދީ މަހުން ފެށިގެން މިއެލަވަންސް ލިބެމުންދާނެއެވެ. އެލަވަންސަށް އެދި ހުށައަޅާ ފަރާތްތަކުން އެމީހަކު ދިރިއުޅޭ އެޑްރެސްއާއި، އީމެއިލް އެޑްރެސް ހިމަނަންޖެހެއެވެ. އެލަވަންސަށް އެދޭ ފަރާތަކީ، 18 އަހަރު ނުފެރޭ ކުއްޖެއްނަމަ ފޯމުގައި ބެލެނިވެރިޔާގެ މަޢުލޫމާތު ހިމަނަން ޖެހެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު